މަދު
މަދުން ނަމަވެސް، ޣާޒީ ފުޓު ބޯޅަ ދަނޑަށް ކުޅެން އަޅުގަނޑަށް ދެވެއެވެ. ނަމަވެސް،
27 އޮކްޓޯބަރު 2011 ވީ ބުރާސްފަތި ދުވަހު ދަނޑުން ފެނިގެން ދިޔައީ އެހެން
މަންޒަރެކެވެ. ހުރިހާ ޒުވާނުންނާއި ކުޅުންތެރިން ފުޓު ބޯޅަ ބޫޓާއި، ކުޅޭ ހެދުމުގައި ދަނޑުގެ ހުޅަނގުފަރާތުގެ
ވިނަތައް ނޮޅައި ފޯރީގައި ސާފުކުރާ މަންޒަރެވެ. އަޅުގަނޑާއި އެއްސްކޫލެއްގައި
މަސައްކަތް ކުރައްވާ ބައެއް ފިރިހެން މުވައްޒަފުން މިކަމުގައި ޢަމަލީކޮށް
ބައިވެރިވި ކަމީ އުފާވެރިކަމެކެވެ. މުޖުތަޢުގެ ހެވާއި ލާބަޔަށް ކުރެވޭ މިފަދަ
މަސައްކަތްތަކުގައި މުދައްރިސުން ނަމޫނާ ދެއްކެވުމަކީ ކުރިއަށް އޮތް
ދުވަސްތަކުގައި ރަށުގެ އިޖްތިމަޢީ ތަރައްޤީއަށް އެޅިގެންދާ ބާރެކެވެ.
މަޢުލޫމާތު
ލިބޭ ގޮތުގައި އެދުވަހު ހެނދުނުވެސް ދަނޑު ވިނަ ނޮޅައި ސާފޮކޮށްފައި ވެއެވެ.
މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ ފާލަން ބޭކަރީގެ ތާޒާ މަޑު
ބަނަހާއި، ފިނި ޖޫހުގެ ސަބަބުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑު
ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް އިހަވަންދޫ ކައުންސިލުން ވިސްނަމުން
ގެންދާކަމަށް ބައެއް ޒުވާނުން ބުނަމުން ދިޔައެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ
ރައީސް މުހައްމަދު ސަމީރާއި އަދި ނައިބު ރައީސް ޢަބުދުﷲ މަންސޫރުވެސް މި މަންޒަރު
ބަލަން ހުއްޓެވެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.