Search This Blog

Thursday, April 23, 2015

މިއީ މަގޭ އުފަން ފަސްގަޑޭ -– ހިމާޔަތް ކުރާށޭ



ވެލި ފިނޮޅާއި، ގައްލަންދޫ ފަހަނައަޅައިދިޔުމުން، ދުއްވާފައި އަންނަ ދޯންޏެއްގައި ހުންނަ އިރު، އަނގަ ހުޅުވާފައި އޮންނަ ކިނބުލެއްގެ ސިފައިގައި ދިގު ރުއްތަކާއި އެކު އެ ފެންނަނީ، މަގޭ އުފަން ފަސްގަޑެވެ. މުނާޖާ ކޮޑު އަޅައިގެން، މަހަށްދާ ހުނަރުވެރި ހަރުދަނާ ފިރިހެނުން އުޅޭ ފަސްގަޑެވެ. ހިވާގި ކަމާއި އެކު ކުދިން ހެދުނުހެދުނާ އެދުރުގެ އަށް "ޤުރުއާން" ކިޔުވެމަށާއި އަދި އުގެނުމަށް ބަދިގެއަށް ހުޅުލުމަށްފަހު މަސައްކަތް ކުރާ ހީވާގި އަންހެންވެރިންތަކެއް އެކުލެވިގެންވާ ފަސްގަޑެވެ. ހުދު ޔުނީފޯމާއި ކަޅު ސޯޓާއި ފަޓުލޫނުގައި ދަރިވަރުން ތަޢުލީމު ހޯދުމަށް މަސައްކަތް ކުރާ ފަސްގަޑެވެ. މުޖުތަމަޢުގެ އެންމެންގެ މެދުގައި ޒަމާނުއްސުރެ ބަދަހި ގުޅުމާއި އަަދަބާއި އަޙުލާޤު ހިފެހެއްޓިފައިވާ ، ހއ، އިހަވަންދޫއެެވެ.
ނަމަވެސް، ބަވަނަ މަވުންދާ މި ދުނިގޭގައި އިހަވަންދޫގެ ކުރިމަގާއި ޖީލުތައް މިހާރު މި ދަނީ "ބަނަ" ވަމުންނެވެ. ވިއްސާރަ ކަޅު ބޯ ވިލާތަކުގައި ޒުވާނުން "ތެމި ފޯވާ" މަންޒަރުތައް މަދުންނަމަވެސް ފެނެއެވެ. އިހްތިރާމު ކުރުމުގެ ރިވެތި އާދަ ނެތި ދަނީއެވެ. ބަދު އަޙުލާޤީ ކުށްތަކަށް އަރައިގަތުން އިތުރުވަނީއެވެ. މަސްތުވާ ތަކެއްޗަށް ޒުވާނުން ލޯބި ޖެހެނީއެވެ. ބަނގުރާ މާ ފައްކާ އެއްޗަކަށް ވަނީއެވެ. ކުރުގޮތަަކަށް ބުނާ ނަމަ، މިޒަމާނުގެ "ކޫލް ސްޓައިލިސް" ޒުވާނުން އުފަންވަނީއެެވެ.
ހަމައެކަނި މިޒަމާނުގެ "ކޫލް ސްޓައިލިސް" ޒުވާނުން އުފަންވަނީކީ ނޫނެވެ. އެފަދަ ޒުވާނުން  އިހަވަންދޫ ގައި އުފައްދަން ބަޔަކު މަސަައްކަތް ކުރަނީއެވެ. އިހަވަންދޫގައި ހުރި ސަރުކާރުގެ ބައެއް  މުވައްސަސާތަކުގެ ވެރިން މިކަން ކުރުމަށް ވަގުުތު ހޯދާކަމަށް ބައެއް ރައްޔިތުން ތުހުމަތު ކުރެއެވެ. ވަކީން ހާއްޞަކޮށް އިހަވަންދޫގެ ކައުންސިލްގެ ރައީސް އާއި އިހަވަންދޫގެ ފެނަކަ ގޮފީގެ އިސްވެރިޔަކު މި ކަމުގައި އެތެރޭގެ "ޑީލް" ތަކެއްގައި އުޅޭ ކަމަށް ބެލެވެއެވެ. އަދި މިފަރާތްތަކަށް މީގެ ކުރިންވެސް ވަނީ މިފަދަ ތުހުމަތު ތަކެއް ކުރެވިފައެވެ. ދާދިފަހުންވެސް ވަނީ އިހަވަންދޫ ކައުންސިލް ރައީސުގެ ޢާއިލީ ބައެއް ބޭފުޅުން މަސްތުވާތަކެއްޗާއި ގުޅުންހުރި ބޮޑެތި މައްސަލަތަކެއްގައި ހައްޔަރު ކޮށް މުއްދަތު ޖަހާފައެެވެ. އަދި ގިނަޢަދަދެއްގެ ފައިސާތަކެއްވެސް މި މައްސަލަތަކުގައި ފެނުމުން، މިކަމަކީ ވެރިން ތަކެއް އިސްވެ ތިބެެގެން "ވިޔަފާރީ" ގެ އުޞޫލުން ފުޅާކުރަމުން ދާ ކަމެއްކަމަށް ބެލެވެއެެވެ.  އަދި ދާދި މިދާކަށް ދުވަހު އިހަވަންދޫގެ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށްވަނީ އިހަވަންދޫ ކައުންސިލްގެ 4 ކައުންސިލަރުން އިޢްތިފާޤު ވެވަޑައިގެންފައެވެ. އެހެންކަމުން، އިހަވަންދޫ ކައުންސިލްގެ ރައީސްގެ މައްސަލަތަކެއް އުޅޭކަން ކަށަވަރެވެ.ތިބޭފުޅުންނަށް އަޅުގަނޑުގެ މެސެޖަކީ މިއީއެެވެ. މިއީ މަގޭ އުފަން ފަސްގަޑޭ -– ހިމާޔަތް ކުރާށޭވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.