އަމިއްލަފުދުންތެރިކަމަށް
މާބޮޑު ސަމާލުކަމެއް މި ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ދެވިފައި ނެތުމުގެ
ސަބަބުން، ޒަމާނުން ސުރެން ދިވެހިންވެފައިވަނީ ބޭރު ފައިސާއަށް، ވަކިން ޚާއްޞަކޮށް
އެމެރިކާ ޑޮލަރަށް ބަރޯސާވާންޖެހިފައިވާ ބަޔަކަށެވެ. ބަރޯސާވާންޖެހިފައިވާ
މިންވަރަށް އިތުރު ބަދަލުތައް ގެނުވަނީ އެކި ދުވަސްވަރުގެ ސަރުކާރުތަކުން "ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އަދި
ކުރިމަތިވަމުން އަންނަ ޑޮލަރު" ގެ މައްސަލައަށް ހައްލުކުރަން އެކަށައެޅޭ ސިޔާސަތުތަކުންނެވެ.
ނުވަތަ އެ ސިޔާސަތުގެ ދޯހަޅި ކަމުންނެވެ. އިމްޕޯޓު މުދަލަށް ދިވެހިންގެ ދިރިއުޅުން
ހިމުން ކުރެވިފައިވާ މިޒަމާނުގައިވެސް އެންމެ ގިނައިން "ޑޮލަރު" ގެ
ބޭނުން ދިވެހިން ކުރަނީ ބޭސްފަރުވާއާއި ވިޔަފާރީގެ މުޢާމަލާތްތަކުގައެވެ. ކުރުކޮށް
ދަންނަވާނަމަ، ޑޮލަރާއި ނުލައި އިމްޕޯޓު މުދައު ވިއްކުމަކީ ނުވާނެކަމެކެވެ. ދަތުރުފަތުރާއި އަދި ބޭރު ޤައުމުތަކުގައި ޗުއްޓީ
ހޭދަކުރުމަށް ކުރާ ޚަރަދުގެ ބޮޑުބަޔަކީވެސް ޑޮލަރާއި ނުލައި ފަރުޖައްސާނުލެވޭ
ކަމަކަށްވުމުން، ދިވެހިން މިއަދުވެސް
މިވަނީ ޑޮލަރަށް ބޭނުންވެފައެވެ. އަދި ޤާނޫނީ ގޮތުން އުފެދެމުން އަންނަ ސަރުކާރު
ތަކުން މި މައްސަލައަށް އަވަސް ހައްލެން ގެންނާނެ ކަމުގައި ދިވެހިރައްޔިތުން ދެކި
އެ އުއްމީދުތައްދިރުވައި ކުރި ދިގު އިންތިޒާރަށް ނިމުން ގެނުވީ މިސަރުކާރުން
ހެއްޔެވެ؟ ނަޝީދުގެ ވެރިކަމުން އުފެދުނު ވަހީދުވެ ވެރިކަން ޓާރމު ހަމަވެ،
ޑިމޮކުރަސީއާއި އެއްގޮތަށް ދިވެހިރައްޔިތުން އާއެކޭ ބުނި ޔާމިނުގެ ސަރުކާރުން
ހެއްޔެވެ؟
ސިޔާސީ ރޭހުގައި ސިޔާސީ
ކެންޑިޑޭޓުން ތަފާތު ގޮތްގޮތަށް ވަޢުދުތައްވެ "ޢިޤްތިޞާދު
ކުރިއަރުވައެވެ". ރައްޔިތުންނަށް ހުވަފެންތައް ދައްކުވައި ހުރިހާ ކަމެއްވެސް
"މެކުހަށް" ޖަހައެވެ. ކަންތައް ނުކުރެވުމުން، އިދިކޮޅު ސިޔާސީ ޕާޓީގެ
ބޮލުގައި އެކަންތައް އަޅުވައެވެ. މިއީ ސިޔާސީ މައިދާނުގައި ކަން ހިނގަމުންދާ
ގޮތެވެ. އަދި މިފަރާތްތަކުން، މާރަނގަޅުގޮތް ހޯދައިދޭނެ ވާހަކަތައް ވައިގައި
ޙިއްޕާލުމަށްފަހު މިހާރުގެ ގޮތް "ކަނޑަ" ކަމަށް ރައްޔިތުން ލައްވާބުނުވުމަށް
މަސައްކަތްކުރެއެވެ. މިގޮތުން ނަޝީދުގެ ވެރިކަމުގައި ޓެކުހުގެ ނިޒާމުން
ދިވެހިރާއްޖޭގެ ޢިގްތިޞާދު ފައްކާކުރުމަށް އަމާޒު ހިފިއިރު، ޑޮލަރުގެ ހަމަ އަގު އެ
ސަރުކާރުން ދިވެހި ރައްޔިތުންނަށް އޮޅުއްފިލުވައިދިން 12.75 ން 15.42 ގެ ބޭންޑަކީ ދިވެހިރާއްޖޭގެ ރައްޔިތުން
ނަށް ކުރިމަތި ކުރުވި ކެހިވެރި ބޭންޑެކެވެ. މިބަދަލަކީ ކުރީގެ ރައީސް މައުމޫންގެ
ދިގު 30 އަހަރުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި އޮތުމުން އެކަމާ ހިތްޕުޅާނުވެ،
ނަޝީދު ގެންނެވި ބަދަލެއްތޯ ސުވާލުކުރަންޖެހެއެވެ؟ މި ބަދަލުގެ ސަބަބުން، ޑޮލަރު
ފަހާ ދިވެހިފައިސާ ދުވަންޖެހޭ މިންވަރު އިތުރުކުރުވައި، ދިވެހިފައިސާގެ އަގު
ވެއްޓުނެވެ. ޑޮލަރުގެ ކިއޫތައް ބޭންކުތަކުގައި ޖެހި، ޑޮލަރުގެ "ތަދު"
ދިވެހިންނަށް ކުރިމަތި ކުރުވިއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަރައި،
ޑޮލަރުގެ ހަމަ އަގު އޮޅި، ތަކެތީގެ އަގުބޮޑުކޮންގެން އެކަމުގެ ފޮނިމީރުކަން ދިވެހި
ވިޔަފާރިތައް ހިފިއެވެ. ރައްޔިތުންނަށް ލިބުނީ ހައްތާވެސް ނިކަމެތި ކަމެކެވެ. އާޚިރު
ނަތީޖާއަކީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާއާއި ހަމައަށް އަރައިގެން
ދިއުމެވެ.
ދެން އުފެދޭސުވާލަކީ، ކުރީގެ
ވެރިކަންތަކުގައި ހައްލުނުކުރެވުނު ނުވަތަ ހައްލުކުރަން ސަމާލުކަން ނުދެވުނު
"ޑޮލަރުގެ ތާށިކަން" މި ސަރުކާރުން އެހާމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި
ހައްލުކުރެއްވުމުން ފެންމަތިވާ ސުވާލެވެ. މިހާރުގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް
ޤައްޔަމޫކަނީ ޢިޤްތިޞާދީ މާހިރެއްކަމަށް ވެރިކަން ކުރާ ޕީ.ޕީ.އެމް އިން ބުނަމުން
އަންނަ އިރު، އިދިކޮޅު އެމް.ޑީ.ޕީ އިން އެކަމަށް މަލާމާތް ރައްދުކުރެއެވެ. ނަމަވެސް،
ހަޤީޤަތަކީ، މިއަދު މިރާއްޖޭގައި ޑޮލަރުގެ ތާށިކަން އެއްވެސް ވަރަކަށް ނެތް
ކަމެކެވެ. ހެނދުނު ހެނދުނާ ބޭންކުތަކުގެ ކައިރިން ފެނުނު ޑޮލަރުގެ ކިއުތައް ނެތި
ހިނގައްޖެއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓި ދިވެހިފައިސާގެ އަގު
މައްޗަށް ޖެހިލައިފިއެވެ. ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ބޭންކުތަކުން ވިއްކޭނޭ
އިންތިޒާމު ހަމަޖެހިއްޖެއެވެ. ބޭސްފަރުވާއަށް ދާ ފަރާތްތަކަށް އަވަސްކަމާއެކު،
ބޭންކު ތަކުން ޑޮލަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިއްޖެއެވެ. ދިވެހިން
ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ޓިކެޓަކަށް 500 ޑޮލަރު، ޤައުމީ ބޭންކުން ،
ކިއު ޖެހުމަކާއި ނުލައި ވިއްކާ އިންތިޒާމުވެސް ހަމަޖެހިއްޖެއެވެ. ކުރީގެ ހާލަތަށް
ބަލާއިރު، 200 ޑޮލަރު ބޭންކު ރޭޓަށް ގަންނަށް
ބޭނުން ނަމަ، ކުރީ ދުވަހުގެ މެންދަމު ޑޮލަރު ކިއުއަށް އަރަން ޖެހެއެވެ.
ކޮންމެ އައި.ޑީ ކާޑަށް މަހަކަށް އެންމެ 200 ޑޮލަރެވެ. ޑޮލަރުގެ މައްސަލައަށް
ހައްލުގެނެވުނީ، މިހާރެގެ ރައީސް ޔާމިނުގެ ސަރުކާރުން އިޤްތިޞާދީ ކަންތައްތަކުގައި
ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުންކަން ކަށަވަރެވެ.
މި ސަރުކާރުގެ ގިނަ
ސިޔާސަތުތައް ޑޮލަރުގެ މައްސަލައަށް ހައްލުހޯދުމަށް އަމާޒު ހިފިއެވެ. އެގޮތުން
ބަލާއިރު، އެސް.ޓީ.އޯ ފަދަ ސަރުކާރު ޙިއްޞާވާ ބޮޑެތި ކުންފުނިތަކަށް ސީދާ
މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ވިޔަފާރިއަށް ބޭނުންވާ ޑޮލަރު ވިއްކޭނެ
އިންތިޒާމު ހަމަޖެހިގެން ދިއުންވީ، ކުދި ވިޔަފާރިތަކަށާއި އާންމު ފަރާތްތައް
ބޭނުންވާނެ ޑޮލަރު، ރާއްޖޭގެ ޑޮލަރުގެ މާކެޓުގައި އިތުރުކުރުވި ކަމަކަށެވެ.
އެހެނީ، އެސް.ޓީ.އޯ ފަދަ ކުންފުނިތައް ޑޮލަރަށް ބޮޑު ޑިމާންޑެއް އަބަދުވެސް
އުފައްދައެވެ. ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައާއި ސާރވިސް ޗާޖު ސީދާ ޑޮލަރުން
ދިނުމަށް ސަރުކާރުން ބާރުއެޅިއެވެ. ނަތީޖާއަކަށްވީ، ޑޮލަރުގެ ސަރކިއުލޭޝަންތައް
އާންމު ދިރިއުޅުމާއި ވިޔަފާރީގައި އިތުރުވެގެން ދިއުމެވެ. ކުދި ވިޔަފާރިތަކާއި ،
ހޮޓާ ތަކާއި ، ރެސްޓޯރަންޓު ތަކުގެ ބިލްތައް ޑޮލަރުން ދިވެހިން ދައްކަން ފެށުމެވެ.
މާލީ ނިޒާމުގެ ތެރެއިން
ބޭންކުތަކުގެ އިންޓްރަސްޓު ރޭޓުތައް ބޮޑުކޮށް، ރެގިއުލޭޓުކޮށް މޮނިޓަރުކުރުމާއިއެކު
ކޭޝް ރިޒާރވް ރޭޝިއޯ އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކީ، ރައްކާކުރުމަށް
ދިވެހިން ސަމާލުކަން ދިނުމެވެ. އެހެންކަމުން، އިޤްތިޞާދުގައި ފައިސާ ދައުރުވާ
މިންވަރު ހިފެހެއްޓި، އަގު ތައް ކޮންޓުރޯލް ކުރުމަށް މަގުފަހިކުރުވައެވެެ. ހަމަ
މިއާއި އެކު، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ މައިގަޑުގޮތެއްގައި އުފެއްދުންތައް
ދުނިޔޭގެ ބާޒާރަށް ނެރޭ އިޤްތިޞާދަކަށް ނުވިނަމަވެސް، އަގުތައް ކޮންޓުރޯލް ކުރުވެމުގެ
ނަތީޖާއަކީ، ބޭރު ފަރާތްތަކުން، މި ޤައުމުގެ އުފެއްދުންތަކާއި ޙިދުމަތްތަކަށް
ޝައުޤުވެރިކަން ފާޅުކުރެއްވުމުގެ ސަބަބުން ދިވެހި ރުފިޔާގެ ޑިމާންޑު ބޮޑުވެ އަގު
އެރުމެެެވެ. ކުރީއަހަރު ތަކުގައި ކަރަންޓު އެކައުންޓު ޑެޕިސިޓު ވެފައިހުރުމުން،
ޑޮލަރުގެ އަގަށް ހެޔޮ ބަލަދު ގެނުވަން ސަރުކާރުތަކަށް އުނދަގޫވިއެެވެ. ނަމަވެސް،
2013 ވަނަ އަހަރު 1 މިލިއަން ޓޫރިސްޓު ގެ އަމާޒު ރާއްޖެ ހިފައި ، ފަތުރުވެރިކަމުގެ
އެކްސްޕޯޓުން ހޯދާ ނަފާ އެތައް ގުނައަކަށް އިތުރުކުރުވާ އަދި މަސްވެރިކަމާއި
އެހެހެނިހެން އުފެއްދުންތަކުގެ އެކްސްޕޯޓު އިތުރު ކުރުވިއެެވެ. 2013 ޖޫން އާއި
އަޅާ ބަލާއިރު 2014 ޖޫން ގައި މަސްވެރިކަމުގެ އެކްސްޕޯޓު 33 އިންސައްތަ
ކުރިއަރައިފައިވެއެވެ. ނަތީޖާ އަކީ،
ކަރަންޓު އެކައުންޓު ޑެޕިސިޓު ކުޑަވެ. ބޭރު ޤައުމުތަކުން، ދިވެހިރާއްޖޭގެ
ފައިސާއަށް ބޭނުންވާ މިންވަރު އިތުރުވުމެވެ. މިހުރިހާ ކަމަކުން ރާއްޖޭގެ
އިޤްތިޞާދީ ދުވެލި 4.5 އިންސައްގައިގެ ކުރިއެރުމެއް ހޯދިއެެވެ. ނަމަވެސް،
އަގުތައް ކުޑަކޮށް މައްޗަށް ޖެހިލާފައިވެއެވެ.
ރައީސް ޔާމީނުގެ
ސަރުކާރުން ގެދޮރު އިމާރާތްކުރުމުުގެ
ދާއިރާއަށާއި އަދި ރާއްޖޭގެ ޙިއްޞާގެ ބަޒާރު ފުޅާ ކުރެއްވުމަށް ކުރެއްވި
މަސައްކަތްތައްވެސް ޑޮލަރުގެ އަގަށް އަވަސް ހެޔޮ ބަދަލެއް ގެނުވުމަށް
މަގުފަހިކުރުވިއެެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ގެންގުޅުއްވާ ޓީ-ބިލް
ވިއްކުމުގެ ސިޔާސަތުގެ ސަބަބުންވެސް މިދެންނެވި ޑޮލަރުގެ މައްސަލައަށް އަވަސް
ހައްލެއް ލިބުމަށް މަގުފަހި ކުރުވައެެވެ.
ހުޅުމާލެ ބުރިޖުގެ
މަޝްެރޫޢާއި އަދި އައި-ހެވަން – އިހަވަންދިއްޕޮޅުގެ ޕޮރޮޖެކްޓުތަކަށް ބޭރުގެ
އިންވެސްޓަރުންގެ ތަރުހީބު ލިބި، ދިވެހިރާއްޖެ އަށް އިޤްތިޞާދީ ހަމަޖެހުން
ގެންނެވުމަށާއި އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް
ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނައުުމަށް ސަރުކާރުން އިސްވެ މަސައްކަތްކުރާނެ
ކަމަށް ރައީސް ޔާމިނު ވިދާޅުވެފައިވުމުން، އެމަނިކުފާނުގެ އިޤްތިޞާދީ ތަޞައްވުރާއި
ވިސްނުން އަޅުގަނޑުމެންނަށް ކުރަހާލެވެއެވެ. ކަނޑުގައި ކުރަހާލެވޭ
ހުސްރޮނގުތަކަށްނުވެ، ރައީސްޔާމިނުގެ ސަރުކާރުން އިޤްތިޞާދީ ސިޔާސަތައް
ތަންފީޒުކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނެއެވެ. ވުމާއެކު،
އަވަސްބަދަލެއް "ޑޮލަރުގެ މައްސަލަ" އަށް ރައީސް ޔާމިނުގެ ސަރުކާރުން
ގެނެވާނެކަމަށް ކުރިންެވެސް ގިނަ ދިވެހިން އުއްމީދު ކުރިގޮތަށް އެކަންތައް މި އަދު
މިވަނީ ވެފައެެވެ. މިއަދު ސަރުކާރުވެފައި މިވަނީ ނަތިޖާ ހާޞިލްކުރަން އެގޭ ، ނަތީޖާ
އަވަސް ކަމާއި އެކު ހާޞިލްކުރާ ސަރުކާރަކަށެެވެ.
ޖުމުލަ ގޮތެއްގައި، ޑޮލަރުގެ އަގު ހިފެހިއްޓި،
ދިވެހިފައިސާގެ އަގު ކުރިއެރުވޭނީ، ދިވެހި ފައިސާއަށް އިތުބާރުއުފައްދައި،
ޑިމާންޑެއް ދުނިޔޭގެ ބާޒާރުގައިވެސް އުފެއްދިގެންެނެވެ. އަދި މިކަމަށް ކުރަންހުރި
މަސައްކަތްތައް ގިނަ ގުނައެެވެ. ރާއްޖޭގެ ޕްރައިވަޓު ސެކްޓަރު ކުރިއަރުވައި
ހަރުދަނާ ކުރަންޖެހެއެވެ. ރައްޔިތުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަ
ކުރަންޖެހެއެެވެ. "ޑޮލަރުގެ މައްސަލައަށް ގެނުވި އަވަސް ހައްލާއެކު"
ރައީސް ޔާމީނު މިއަދުވެފައިމިވަނީ ޢިޤްތިޞާދީ މާހިރަކަށެެވެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.