Search This Blog

Monday, November 27, 2023

Strengthening SOEs Governance Annual Governance Review


Corporate Code of Governance in compliance form was established in the year 2019 and were encouraged for all SOEs to follow the code in operations. It is quite important to harmonize and to set standards in running SOEs so that accountability and reporting with transparency is advocated at large. For efficiency enhancement Individual Goals shall be aligned well against Corporate Strategic goals.

It is a pride to announce that after CG code implementation, SOE sector total governance score has been gradually increasing though there are some bottlenecks in the implementation process. Some of the KPIs in the Governance Review has been reaching closer to 80% which in fact depicts the level of improvements in the relevant KPIs.

To enhance the Governance, Top Management commitment is utmost needed. Desired level of knowledge and talent shall be created in the HR pool of the organization through cultivating a learning and Development culture internally. Familiarization programs for international standards and best practices shall be in place periodically. Transparency shall be promoted unanimously. Some of the strategic directions in terms of achieving Governance by PCB includes

  • Board Strategy Training
  • Effective Company Secretary Training
  • Harmonization of CG code with CMDA
  • Implementation of Governance Review Tool 2.0
  • Harmonization of HR in SOEs

Sunday, January 22, 2023

ކީއްވެ؟

 

ކީއްވެ؟ ދިވެހިރާއްޖޭގެ ސިޔާސީ ވެށި ބަދަލުވަމުން ދާނެކަމަކީ އެންމެން ދަންނަ ހަޤީގަތެކެވެ. ވަކި ވަކި ފަރުދުންގެ ސިޔާސީ ބުރަދަން ލުއިވެ، ތަހުޒީބު މުޖުތަމަޢު އަކަށް ދިވެހިރާއްޖެ މިސްބާރު ޖަހާފައިވާއިރުވެސް، އެބުނާ ރައްޔިތުންނަށް ހައްޤުވާ މިންވަރާއި ، އިންސާފަށް ކުރި ދަތުރުގައި އާދެވުނު މި ހިސާބަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް ބުނެދެވިއްޖެތޯއެވެ. ސިޔާސީ މަރުމޯޅުން ޖަހާހާ ބެރަކަށް ނަށާއިރު  ސިޔާސީ މަޅިފަތި ޖަހައިގެން "ހުދު އިރުވައިހުދު" ހިފަން އުޅުނު ބަޔަކު މި ޤައުމުން ފެނިއްޖެއެވެ. ރަށްވެހި ފަތިހަށް ޖަޒީރާ ރަށްތައް އަލިވިލުނު ހިނދު، ބެޔަސް ނުބެޔަސް މަސްވެރިންގެ ޖީބުތައް ފުރާލަން ބުނަމުންދިޔައިރު، ކަނޑު މެދުގައި ކަނދުފަތި އަޅައި، މަސް އެއްބަޔަކު ކިރުވީ ސީދާ ޑޮލަރު ލިބޭ ގޮތަށެވެ. މާ ވަކިން އަޑުގަދަ ކޮށް ލާނީދީ ފިކުރުތައް ކުރިއަރައިގެން ދިޔައިރު، އިސްލާމީ ހަރުކަށިކަމުން މި މުޖުތަމަޢުއަށް ކުރުވި ފިއްތުން ތަކާއި ބިރުވެރިކަން ވަކިން ކުޑައެއް ނޫނެވެ. މިހުރިހާ ކަމެއްގެ އަޞްލު ގުޅެނީ ސިޔާސީ ފިކުރާއި ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތާއި އެވެ. މިއީ އެމީހުންގެ އަޑުތަކެވެ.

ވެރިކަން ކޮންމެ ގޮތަކުން ހޯދައި ކުރުން މިއަދު މި ރާއްޖޭގައި މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ރައްޔިތުން ބޭނުންތައް މާ ބޮޑުވެ، އިންތިހާބުތައް ކާމިޔާބުކުރުމަށް ޚަރަދުކުރަންޖެހޭ މިންގަޑު ތައް މާ މަތިވީތާއެެވެ. ހެޔޮވެރިކަމުގެ ހުވަފެން ރައްތިޔުން ބަލަމުން ވޯޓަށް ފައިސާއާއި ރިޝްވަތު ހިފަނީއެެވެ. ވެރިކަމަކީ ރާއްޖޭގައި  މުއްސަނދިންގެ މިލްކަކަށް ވެ ނުނިމި އޮތީ، މަސްވެރިންނާއި ދަނޑުވެރިންގެ ހިތްމަތުންނެވެ. ތަފާތުކުރުމާއި ދެކޮޅަށް ދިވެހިން ބަސްބުނީތީއެވެ. އަމިއްލަ ފުދުންތެރިކަމަށް ދިވެހިން އިސްނެގީމައެވެެ.  ހެޔޮވެރިކަމެއްގެ އަސާސަކީ ހަމަހަމަ ކަމާއި ޢަދުލާއި އިންސާފެވެ. މި ދުނިޔެމަތީގައި އެންމެ ލަހުން އެންމެ އުނދަގުޅުންވެސް ލިބެނީ ހަމަ ހަމަ ކަމާއި އިންސާފެވެ.

ދިވެހިންގެ މިހާރުގެ ދިރިއުޅުން ހުރި ގޮތަށް ބަލާނަމަ، ކޮންމެ ގޮތެއް ވަރިހަމަ ނުވާނެއެވެ. ގެއްލުނު ހަމަޖެހުމާއި ، ޢަދުލާއި އިންސާފަށް ދިރުމެއް އަންނަހެން ހީވެއްޖެއެވެ. އިގްތިޞާދަށް ބާރުލިބި ކޮޅުވެއްޖެއެވެ. ކޯވިޑު ބިޔަ ބޮޑު ރާޅައި ހަނގުރާމަ ކުރުމަށްފަހުވެސް އިސް ލީޑަރު ކުރިއެރުން ހޯދީ ރައްޔިތުންނާއި އެކުގައެވެ. އަޑުއެހުމާއި، މަޑުމައިތިރިކަމާއި، ލަހުން ރިއެކްޓުކޮށް އަވަހަށް ރެސްޕޮންޑު ކުރައްވާތީ ނުހަނު އުފާވެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިއަދު އަދި މެދު އުޑުގައި ފިޔަ ނުޖެހިނަމަވެސް، އުއްމީދެއް އެބަ އޮތެވެ. މަގުމަތީގައި ބިކަވެފައި ތިބޭ ޒުވާނުން މަދުވެއްޖެއެވެ. ވިޔަފާރީގެ ރަނގަޅު ފުރުޞަތުތައް ތަނަވަސް ވެއްޖެއެވެ. ތަަޢުލީމު ފުޅާވަމުންދާއިރު ، ކުރާނެ ރަނގަޅު މަސައްކަތްތައް އިގްތިޞާދުން ލިބެން ފަށައިފިއެވެ.

ރާއްޖެ ތަރައްޤީ ކުރުމަށް އަދިވެސް ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމެވެ. މަގުމަތީ ސިޔާސީ ސަކަރާތް ޖެހުން މިހާރު ހުއްޓާލަން ވެއްޖެއެވެ. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ސިޔާސަތަށް ގެނެވޭނެ ޓީމް ލީޑަރެއް މިގައުމަށް ނުހަނުބޭނުންތެރިކަން ނޭނގެނީ ކާކަށްތޯއެވެ؟