އިންސާނުންގެ ޟަރޫރީ ބޭނުން ކަމަށްވާ ކެއުމުގެ ބައި ފުރިހަމަ ކުރުމަށް އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރަމުން އައި ޙިދުމަތްތެރިއަކީ ކާތަކެތި ރޯފިލުވުމަށާއި ކެއްކުމަށް ބޭނުން ކުރަމުން އައި ޒަމާންވީ އުނދުން. އުނދުން ވެފައިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަށްޓަފާޅި އާއި އުފެއްދުންތެރިކަން ދައްކުވައިދިން އެންމެންގެ ބައިވެރިއަކަށް. މި އަތޮޅުގައި ވަރަށް ފަހަކާ ޖެހެންދެންވެސް ހުރިހާ ކާއެއްޗެއް ރޯފިލުވަނީ ދަރު އުނދުން ބޭނުން ކޮށްގެން. ނަމަވެސް، ޒަމާނަށްއައި ބަދަލުގެ ސަބަބުން އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ ވަޒަންވެރިން ކަމުގައިވާ އިންސާނުން ހޯދި ކުރިއެރުމުގެ ސަބަބުން ސާފުތެޔޮ އަދި ގޭހުގެ ވަޞީލަތް ބޭނުންކޮށްގެން ސާފުތެޔޮ ބޭނުން ކޮށްގެން ކައްކާ އުނދުން އަދި ގޭސް އުނދުން ބާޒާރަށް ނެރެވުނު. މިހާރު އެންމެ އާންމު ކޮށް މި އަތޮޅުގައި ކެއްކުމަށް ބޭނުން ކުރާ އެއްޗަކީ ގޭހާއި ސާފު ތެޔޮ ކަމުގައި ވީނަމަވެސް، ދަރު އުނދުން ބޭނުން ކުރަންޖެހުކަމީ ކައިރީގައި އޮތް ކަމެއް. އަޅުގަނޑުމެންނަށް އިވެމުންވާ ޙަބަރު ތަކަށް ބަލާއިރު އަބަދުވެސް ދުނިޔޭގެ މީޑިއާ ތަކުން ދައްކަނީ ޤުދުރަތީ ވާޞީލަތްތައް އެއްވެސް ހަމައެއްލަމައެއް ނެތި އިންސާނުން ބޭނުންކުރަން ފެށުމުގެ ސަބަބުން އެ ތަކެތީގެ ސްޓޮކް ނެތިގެން ދާވާހަކަ. މިހެންކަމުން، ގޭހާއި ސާފުތެޔޮ ލިބެން ނެތްނަމަ، މި އަތޮޅުގެ ވަޒަންވެރީން ކައިބޮއި އުޅޭ ތަކެތި ރޯފިޅުވަންޖެހެނީ ދަރު އުނދުނުން ނުވަތަ އަވީން. ކަރަންޓް އުދުނާއި ސްޓީމް އުނދުނަކީ މިޒަމާނުގެ އެންމެ ފަހު ޓެކްނޮލޮޖީ ކަމުގައި ބެލެވިދާނެ. މިގޮތުން އަތޮޅުގެ ބައެއް އަންހެން ބޭފުޅުންހެ ޙިޔާލު އަޅުގަނޑު ހޯދާލިން.
ދޮންކަމަނަ "........................................................."
ހައްޖަ "..............................................................."
މި ހުރިހާ ވައްތަރުތަކެއްގެ އުނދުނަށް ނަޒަރު ހިންގާލާއިރު، އަދިވެސް ދަރު އުނދުނުގެ މުހިއްމުކަން އަޅުގަނޑުމެން ދިވެހީންނަށް އިހްޞާސް ކުރެވޭ. ސަބަބަކީ، ދަރު އުނދުން ބޭނުން ކުރުމުގައި ފަސޭހަ ތަކެއް ހުރުން. ދަރުން ކެއްކުމުގައި ހިމެނޭ ފައިދާ ތަކުގެ ތެރެއިން އެއްކަމަކީ، ދަރަށް ބޭނުންކުރާ ގަހަކީ ރާއްޖެއިން ވަރަށް ފަސޭހައިން ލިބޭ އަދި ވަރަށް ފަސޭހައިން ހެއްދި ދާނެ އެއްޗަކަން ވާކަން. ބައެއްބާވަތް ތަކުގެ ތަކެތި ތައްޔާރު ކުރުމުގައި ދަރު އުނދޫން ނޫނީ ކަމުނުދާކަން އަޅުގަނޑުމެން ނަށް އިނގެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު ތަކުގައިވެސް، އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓް ތަކުގައި ދެލި އަންދައިގެން ފިހެގެން އަދި އަނގުރުން ރޯފިލުވައިގެން ކެއުމަށްޓަކައި ތަކެތި ތައްޔާރު ކުރާކަން. މިތަކެތީގެ އަނގު ބޮޑުވެފައި ރަހަމީރު ކަމީ ދަރު އުނދުން އުވިގެން ނުދާނެ ކަމުގެ ހެއްކެން ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހޭ. މިއަތޮޅަށް ޙާއްޞަކޮށް ނަޒަރު ހިންގާލާއިރު ރިހާކުރު އޮޅަ ކުރުމުގައި ދަރު އުނދުނުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ފެނޭ. އަދި ބައެއް ތަކެތި ތެލުލުމުގައި (ފަތް، ބަން ކެޔޮ ފަދަ ތަކެތި) އަދި ހުނި ދެވުމުގައި އެންމެ ބޮޑު ދައުރެއް އަދިވެސް އަދާކުރަމުން އަންނަ ބައިވެރިއަކީ ދަރުއުނދުން. ދިވެހި މަސް ތައްޔާރު ކުރާއިރު، ދިލަ ޖައްސަން ޖެހޭތީ، ދަރު އުނދުނަކީ ކުރިއަތް އޮތް ޒަމާންތަކުގައިވެސް ބޭނުން ކުރަންޖެހޭ އެއްޗެއް. ދުނިޔެއަށް ނަންމަޝްހޫރު ޓަންޑޫރީ ޗިކަން، ނާނުގެ ބާވަތްތައް، އަދި ރިސޯޓްތަކުގައި ތައްޔާރު ކުރާ ބާބެކިޔުގެ ގިނަ އައިޓަމު ތަކަކީ ދަރުން ރޯ ފިލުވަމުން އަންނަ ބާވަތްތައް. ދަރު އުނދުނުން ކެއްކުމުގައި ކެއްކުންތެރިންގެ އެއް ކެކުޅުކަމީ އޭގެން އަރާ ދުމާއި އުނދުން ހުންނަ ސިފަ. ނަމަވެސް، ކެއްކުމަށް ފަސޭހަ ދުން ނާރާ ދަރު އުނދުނެއް އުފެއްދިދާނެ.
އަތޮޅުގެ ބައެއް ފިރިހެން ބޭފުޅުން ދަރުއުނދުން ކެއްކީމާ ރަހާ މީރު ކަމަށް ބުނަމުން އަންނަ އިރު، ބައެއް ބޭފުޅުންގެ ޙިޔާލުވެސް މިކަމުގައި ތަފާތު.
ދޮންމަނިކު "...................................."
ދެބޯއާދަނު "...................................."
ވޭތުވެ ދިޔަ ޤަރުނުތަކުގައި، އިންސާނުން ފަރުމާކޮށްފައިވާ ތަކެއްޗަށް އިންސާފުކުރެވި ވަނަ ހޮވިފައިޥޭ. މިގޮތުން ފަރުމާ ކުރުމުގެ ގޮތުން ވަނަ ލިބުނު އެކައްޗަކީ "އާގާ" ނަމަކަށް ކިޔާ ދަރު އުނދުނެއް. މިއީ، ދުން ނަރާ ގޮތަށް އެއްފަހަރާ ތިނެއް ނޫނީ ހަތަރު ތަކުން ކެކޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ދަރު އުނދުނެއް. ޝާހީ ޢާއިލާތަކުގައި އަދި ދުނިޔޭގެ ޤަޢުމު ތަކުގެ ވެރީންނަށް އަދި މުއްސަނދި ޢާއިލާ ތަށް ކާތަކެތި ރޯފިލުވުމަށް މި އުނދުން ބޭނުން ކުރާކަމަށް މަޢުލޫމާތި ލިބިފައިވޭ. އަދި ވިސްނާލަމާތޯ ސާފުތެޔޮ އުނދުން، ގޭސް އުނދުން އަދި ކަރަންޓް އުނދުނުގެ އެންމެ އަގު ބޮޑު ބާވަތްތައް ގާތްގަޑަކަށް 10000 (ދިހަ ހާސް) ރުފިޔާ އަށް ލިބޭއިރު، "އާގާ" ދަރުއުނދުނެއް އަގު ދުނިޔޭގެ ބާޒާރުގައި އުޅެނީ 90000-80000 ރުފިޔާ އާއި ދޭތެރޭގެ އަގެއްގައި.
ގޭސް އުނދުނާއި، ސާފުތެޔޮ އުނދުން އަދި ކަރަންޓް އުނދުނުގެ ސަބަބުން ދިރިއުޅުން ފަސޭހަވެގެން ދިޔަ އިރު، ދިވެހިންގެ ދިރިއުޅުމުގެ ޙާއްޞަ ސިފަތަކެއްކަމަށްވާ މުރާލިކަމާއި، ހިވާގިކަމަށް ނޭދެވޭ އަސަރުތަކެއް ކުރޭ. މި ފަދަ ވަޞީލަތްތަކުގެ ސަބަބުން ވަގުތު ސަލާމަތް ކުރެވުމުން ދާއިރު، އަޅުގަނޑުމެން މިތަކެތި ބޭނުން ކުރުމުގައި ސަމާލުކަށް ނުދެވުމުގެ ސަބަބުން އެތަކެއް ހިތާމަވެރި ހާދިޘާތައް ގޭގޭ ތަކުގެ ބަދިގެ ތަކުގައި އެބަ ހިގާ. އަދި ކަންފަސޭހަކޮށްލުމުގެ ސަބަބުން، ބޭކާރު އިސްރާފް ޚަރަދު ތަކެއް އަޅުގަނޑުމެންނަށް އެބަ ކުރެވޭ. މިގޮތުން އައު ގޮތްގޮތަށް އިޖާދުކޮށްގެން ދަރު އުނދުން ބޭނުން ކުރުން އަދިވެސް މުހިއްމު ކަމަށް ފެނޭ. ތެއްޔައް އެއްވެސް ވަރަކަށް ދުން ނާރާ ގޮތަށް ދަރު އުނދުން މި ޒަމާނުގައި ތައްޔާރު ކޮށްފައި ހުރޭ. އަދި އަޅުގަނޑުމެންނަށްވެސް އެފަދަ ދަރު އުނދުނެއް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ. އަޅި އާއި ސިމެންތި ފަދަ ތަކެތި ބޭނުން ކޮށްގެން އޮޅިގަނޑު އަދި ދުންހޮޅި ހެދިފައިވާ ދަރު އުނދުން އެއީ ދިވެހީންގެ އެންމެ ޒަމާންވީ އެއް އުފެއްދުން. ނަމަވެސް، މިހާރު ޒަމާނާއި އެއްގޮތަށް ދަރު ބޭނުން ކޮށްގެން ކައްކާ ދަރު އުނދުން ދުނިޔޭގެ ޤަޢުމު ތަކުގައި ބޭނުން ކުރަމުން އެބަ ދޭ. އަޅުގަނޑުމެން ދިވެހީންވެސް އެފަދަ އުނދުންތަކަށް އަހުލުވެރި ވުމަކީ އެންމެ ރަނގަޅު ކަމެއްކަން އަޅުގަނޑުމެން ޤަބޫލު ކުރުމުން، ގޭހާއި ތެލުގެ ހަތަކަ އަންނަން އޮތް ޖީލުތަކަށް ރައްކާކުރެވި އެތަކެތި ނެތިގެން ހިނގައިދާނެކަމަށް ދުނިޔޭގެ ސައިންޓިސްޓުން ދައްކާ އިންޒާރު ތަކަށް ޙައްލެއް ގެނައުމުގައި އަޅުގަނޑުމެން ދައުރު އަދާ ކުރެވޭނެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.