ހަސަން ތާޖުއްދީން
ފަޑިޔާރުމަނިކުފާނު (1661 ން 1727 ށް)
ހަސަން ތާޖުއްދީން
ފަޑިޔާރުމަނިކުފާނާއި ބެހޭ އެންމެ ގިނަ ވާހަކަތައް ލިޔެވިފައިވާ އަޞްލު ފޮތުގެ
ފޮޅުވަތްތައް ލިޔުއްވީ ހަސަން ތާޖުއްދީން، މުހައްމަދު މުހިއްބުއްދީން ޝެއިޙް
އިސްލާމް، އަދި އިބްރާހިމް ސިރާޖުއްދީން ފަޑިޔާރު މަނިކުފާނުގެ އަތްޕުޅުން ނެވެ.
މިއަދު މި ފޮތް ރާއްޖޭގެ ތާރީޚްގެ ފޮތް އަލަމާރިން ފެންނަން ނެތީ، 1752 ވަނަ
އަހަރު މަލާބާރީގެ މުސްލިމުން ރަސްކަމުގެ ގަނޑުވަރު އަންދާލާ ހުލިކޮށްލުމުންނެވެ.
ރާއްޖޭގެ ތާރީޚީ ލިޔުންތަކުގައި މިއަދާހަމައަށް މި ހާދިސާތަކާ ގުޅޭ އެންމެ
އިތުބާރު ހުރި ލިޔުންތައް ފެނިފައިވަނީ 1920 ވަނަ އަހަރު އެޗް. ސީ.ޕީ ބެލް
ރާއްޖެއާއިގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކުންނެނެވެ. އަދި އަޞްލު ފޮތުގެ ނަކަލެއް
1920 ވަނަ އަހަރު އެޗް.ސީ.ޕީ ބެލް ގެންގުޅުނު ކަމަށް ބުނެވެއެވެ. ބުނެވޭގޮތުގައި
އެޗެ.ސީ.ޕީ ބެލް ގެ އަތުގައިވާ ނަކަލު ވަނީ މުހައްމަދު ޝަމްޝުންދީން 3 ވަނަ،
ސިލޯނުގެ ގަވަރުނަރުއަށް ހަދިޔާކުރެވިފައެވެ.
މަޢުލޫން ކޮންމެހެން
ބޭރުވާކަށް ނެތީމެވެ. އަދި މަތީގައި މިވާ ފޮޅުވަތްތައް މި ލިޔެލީ ކޮންމެހެން
މަޢުލޫން ބޭރުވުމުގެ މަޤްޞަދުގައި އެއްވެސް ނޫނެވެ. ނަމަވެސް، ކިޔުންތެރިންނަށް
މަޢުލޫމާތު ކޮލެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ކޮންމެއަކަސް، ހަސަން ތާޖުއްދީން އަކީ ލ. އަތޮޅު
(ހައްދުއްމަތި) ގެ ގަމުގެ މަހުމޫދުގެ ދަރިފުޅެވެ. ހަސަން ތާޖުއްދީން ގެ
އުފަންތާރީޚް ކަނޑައެޅިގެން ބުނަނަށް ނޭގުނު ނަމަވެސް، އުފަންވެފައިވަނީ މީލާދީން
1661 ނުވަތަ 1662 ވަނަ އަހަރު ގަ ކަން ޔަޤީންވާ ވަރަށް ދިވެހި ތާރީޚުން ހެކި
ދެއެވެ. ވަރަށް ތުއްޕުޅު އިރު ގަވެސް އުނގެނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ
ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ރާއްޖޭގެ ރަސްކަމުގެ ކޮއިލާއި
ގަނޑުވަރުގައި އެ ދުވަސްވަރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކަށްޓަކައި ކުރު
ދުވަސްތަކަކަށް ރާއްޖެ ދޫކުރައްވައި ބޭރަށް ދުރުވިއެވެ. އަދި ރަސްގެފާނު ކުޑަ
މުހައްމަދުގެ ރަސްކަމުގެ ދުވަސްވަރު، މީލާދީން 1690 ވަނަ އަހަރު އެބުރި މާލެ
ވަޑައިގަތެވެ. މާލެ ވަޑައިގަތުމުން، ކޮންމެވެސް ކަމަކާ ގުޅިގެން ކޮންމެވެސް
މިންވަރަށް އަދަބުދެވި، އަމިއްލަފުޅު ރަށްކަމުގައިވާ ގަމަށް އަރުވާލެވުނެވެ.
ރަސްގެފާނު ކުޑަ މުހައްމަދުގެ ރަސްކަން ނިމުމުން، ރާއްޖޭގެ ރަސްކަމަށް
އިސްކުރެވުނީ ރަސްގެފާނު މުހައްމަދު މުހިއްޔުންދީނެވެ. މުހައްމަދު މުހިއްޔުންދީން
ރަސްކަމަށް އައުމާއި ގުޅިގެން، ހަސަން ތާޖުއްދީން ބަންދުން ފިޅުވައި މާލެ
ގެންނަވައި ރަސްގެފާނަށް ލަފާއަރުވާ ޚާއްޞަ މުޝީރެއްގެ ގޮތުގައި އައްޔަން
ކުރެއްވިއެވެ.
މުހައްމަދު
މުހިއްޔުންދީނުގެ ރަސްކަމަށްފަހު ދެން ދިވެހީން ކުރިމަތި ލީ ސައްޔިދު ރަސްގެފާނުގެ
ރަސްކަމުގެ ދުވަސްވަރާއި އެވެ. އަދި މިދުވަސްވަރު ހަސަން ތާޖުއްދީން އާއި އަދި
އެނޫނަށް ގަނޑުވަރުގެ ތެރޭގައި އުޅުއްވީ ބޮޑުންނަށް ތަޢުލީމް ދެއްވިއެވެ. ރަޖަބު
މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރަމަޟާން މަސް ނިމެންދެން ކުރިން ދެންނެވުނު
ބޭފުޅުންނަށް ރަސްގެފާނު ތަޢުލީމް ފޯރުކޮށްދެއްވިއެވެ. އަދި ރަމަޟާން މަސް ނިމި،
ބާރަ ހަފުތާ ވަންދެން ފަހުން، މާލޭގެ ހުކުރު މިސްކިތުގައި ހަދީޘު ޢިލްމު، މަޢުރިބް
ނަމާދު ވަގުތާއި ޢިޝާ ނަމާދު ގެ ދެމެދުގެ ވަގުތުގައި އުނގަންނައި ދިނެވެ. ސައްޔިދު
ރަސްގެފާނުގެ ރަސްކަން ނިމެންދެން ދިވެހިންގެ އެންމެ އިސް ފަޑިޔާރުމަނިކުފާނުގެ
މަޤާމު ފުރުއްވަމުން ގެންދެވީ ދެއްވަދޫ ފަޑިޔާރު ތަކުރުފާނެވެ. ސައްޔިދު
ރަސްގެފާނުގެ ރަސްކަންނިމި، އިސްފަޑިޔާރުގެ މަޤާމު 4 ނޮވެމްބަރު 1692 ގައި
ހުސްވުމުން، އައު ރަސްގެފާނު 12 ނޮވެމްބަރު 1692 ބުދަ ދުވަހު (ހިޖުރީ: 03 ރަބީޢުލް
އައްވަލް 1104 ) ގައި ހަސަން ތާޖުއްދީން އިސްފަޑިޔާރުގެ މަޤާމަށް އައްޔަން
ކުރެވުނެވެ. ޖުމުލަ 8 އަހަރާއި 2 މާހާއި 20 ދުވަހު ދިވެހިރާއްޖޭގެ ފަޑިޔާރުގެ އަށް
ޙިދުމަތް ކުރެއްވުމަށްފަހު، 21 ޖެނުއަރީ 1701 ހުކުރު ދުވަހު (ހިޖުރީ: 11 ޝައުބާން
1112 ) މަޤާމުން އިސްތިޢުފާ ހަސަން ތާޖުއްދީން ދެއްވުމަށްފަހު ޢާއިލާއެކު
މައްކާއަށް ހިޖުރަ ކުރިއެވެ. މައްކާއަށް ހިޖުރަކުރިތާ މާގިނަދުވަސްތަކެއް ނުވަނީސް
ރަސްގެފާނު މުލުހިރުއްދީން ގެ ރަސްމީ ސިޓީ ފުޅެއް ހަސަން ތާޖުއްދީނަށް ލިބިވަޑައި
ގަތެވެ. އެ ސިޓީފުޅުގައި ވަނީ ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.
ރަސްގެފާނުގެ ބަސްފުޅަށް ބޯލެބުގެ ގޮތުން ނަމަވެސް، ހަސަން ތާޖުއްދީން މާލެ އެބުރި
ވަޑައިގަތުމުން، އިހުނަށްވުރެ ބޮޑަށް އެމަނިކުފާނަށް ރައްޔިތުންގެ ލޯތްބާއި
އިޙްތިރާމާއި ތަރުހީބު ލިބިލެއްވިއެވެ. 1704 ވަނަ އަހަރު ގެ ޖެނުއަރީ 8 ވީ
އަންގާރަ ދުވަހު (ހިޖުރީ: 01 ރަމަޟާން 1115 ) ، ރަސްގެފާނު މުލުހުރިއްދީން ހަސަން
ތާޖުއްދީން ފަޑިޔާރު މަނިކުފާނާއި އެއްކޮށް، ޙައްޖުގެ މަތިވެރި އަޅުކަން
އަދާކުރުމަށް ޤަޞްދުކޮށް ދަތުރު ފެށިއެވެ. ޙައްޖުގެ އަޅުކަމަށްފަހު، މާލެއެބުރި
ވަޑައިގަތުން ވެގެންދިޔައީ ހަސަން ތާޖުއްދީނަށާއި އަދި ރަސްގެފާނު މުލުހިރުއްދީން
އަށްވެސް ވަރަށް ދަތި އުދަގޫ ތަކެއް ތަޙައްމަލުކުރަން ޖެހުމު ވަގުތުކޮޅަށެވެ.
އެއިރުވަނީ ރާއްޖޭގެ ރަސްކަން އަނެއްކާވެސް ބަދަލުވެފައެވެ. މި ފަހަރު ރަސްކަމުގެ
ތަހުތުގައި ވެޑުވީ، ރަސްގެފާނު މުލަފަރު މުހައްމަދު ޢިމާދުއްދީން އެވެ. މި
ބަދަލާއި އެކު، ހަސަން ތާޖުއްދީން ކުރީގެ ރަސްކަލުންނާއި އޮންނަ ގުޅުމާމެދު މި
ރަސްގެފާނު ހިތްޕުޅާނުވެ، ދެވަނަ ފަހަރަށް ހަސަން ތާޖުއްދީނުގެ އަމިއްލަފުޅު ރަށް
ކަމުގައިވާ ލ. އަތޮޅު ހައްދުންމަތީގެ ގަމަށް އަރުވާލެވުނެވެ. އެހެންނަމަވެސް، ދާދި
އަވަހަށް ރަސްކަމުގެ ކޮއިލުން ހަސަން ތާޖުއްދީނަށް ބޭނުންވެ، 1705 ވަނަ އަހަރުގެ
ފެބުރުއަރީ 17 ވީ އަންގާރަ ދުވަހު (ހިޖުރީ : 22 ޝައްވާލް 1116 ) އަލުން އަބުރާ
އިސްފަޑިޔާރުގެ މަޤާމު ހަވާލުކުރެވުނެވެ. މި ދުވަސް ވެގެން ދިޔައީ ދިވެހިރާއްޖޭގެ
ތާރީޙަށް އެންމެ ފުޅާ ޙިދުމަތްތަކެއް ރަސްމީކޮށް ދިވެއްސެން ކުރަން ފެށި ފެށުމެއް
ގެ ގޮތުގައި އެވެ. ހަސަން ތާޖުއްދީން ދިވެހިރާއްޖޭގެ ތާރީޙް ސީދާ ރަސްގެފާނުގެ
އިރުޝާދުގެ ދަށުން ލިޔުންވަން ފެއްޓެވިއެވެ. ކުރިން ލިޔެވި، ރައްކާކުރެވިފައިވާ
ބައެއް ލިޔެކިއުންތަކާއި އާންމުގެ ކިޔައިދޭ އުޅުނު ވާހަކަތައް ވަރަށް ރަނގަޅަށް
ތަރުބީތު ކޮށް ބަލަހަށްޓަވައި ޖަމާޢަކުރެއްވިއެވެ. މި ރޮނގުގައި ހަސަން ތާޖުއްދީން
ފަޑިޔާރު މަނިކުފާނު ލިޔުއްވާފައިވާ އެންމެ ފަހު ޖުމުލައިގެ ގޮތުގައި ބުނެވެނީ ތިރީގައި
ލިޔެލެވިފައިވާ ޖުމުލައެވެ.
"......24
ޖެނުއަރީ 1725 ގައި ރަސްގެފާނުގެ އަނބިކަބަލުން އައިޝަތު ކަބާފާނު އަންހެން
ދަރިކަބަލަކު ވިހިއެވެ. އަދި އެ ދަރިކަބަލަށް އާމިނަތު ރަނިކިލެގެފާނުގެ ނަމުން
ނަން ދެވުނެވެ."
28 ފެބުރުއަރީ 1727 ހުކުރު ދުވަހުގެ (ހިޖުރީ :
07 ރަޖަބު 1139 ) ފަތިހުގެ ވަގުތެއްގައި ހަސަން ތާޖުއްދީން ފަޑިޔާރުމަނިކުފާނު މި
ދުނިޔެ ދޫކުރެއްވި އިރު އެމަނިކުފާނުގެ އުމުރު ފުޅަކީ 67 އަހަރު ފުޅެވެ. ޖުމުލަ 37
އަހަރު ވަންދެން ދިވެހިރާއްޖޭގެ އިސްފަޑިޔާރުގެ މަޤާމު އެމަނިކުފާނު ފުރުއްވިއެވެ.
ފަސްދާނު ލެވުނީ މާލޭގެ ހުކުރު މިސްކިތު ގައެވެ.
ހަސަން ތާޖުއްދީން
ފަޑިޔާރު މަނިކުފާނަކީ ހަމައެކަނި ތާރީޚް ލިޔުއްވުމުގައި މަސައްކަތް ކުރެއްވި
ބޭފުޅެއް ނޫނެވެ. ބައެއް އަރަބި ޅެން ތައްވެސް އެ މަނިކުފާނު ލިޔުއްވައި ރާއްޖޭގެ
ތާރީޚް ގެ ތެރެއަށް ލެއްވިއެވެ. ހަސަން ތާޖުއްދީން ގެ މަސައްކަތްޕުޅަށް ބަލާލި
ކޮންމެ މީހަކަށްވެސް، އެމަނިކުފާނުގެ
ތަޢުލީމީ ފުންކަމާއި ދިރާސާ ކުރަންވަން ބޭނުން ކުރެއްވި މައުނަވީ ގޮތްތައް،
އެގިގެން ދާނެއެވެ. ހަސަން ތާޖުއްދީން ފަޑިޔާރު މަނިކުފާނު، ބޭނުން ފުޅުވާ
ބަސްފުޅު އަބަދުވެސް ސާފުކޮށް ބުނުއްވައެވެ. އަދި ހަޤީޤަތް ހާމަކުރުމަށް އެއްވެސް
ވަރަކަށް ފަސްޖެހިވަޑައި އެއް ނުގަންނަވައެވެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.