
ތިބޭފުޅުން، ހަނދުމަ ހުންނާނޭ ފަދައިން، ދާދި
މިދާކަށްދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ކައްކާ ތެޔޮ، ސަން ފުލާވަރ އޮއިލް
ފަދަ 20 ލީޓަރާއި 200 ލީޓަރުގެ ރީނދޫ ކުލައިގެ ހަން ތަކެއް ވަނީ ލައްގާފައެވެ.
އަދި ދިވެހީންނަކީ ބުއްދީގެ އަހުލުވެރިން ކަމުގައި ވާތީވެ، އެތަކެތި ނަގައި ފަހަށް
ރައްކާކޮށް ފުޑްސް އެންޑް ޑުރަގް އޮތޯރިޓީ ގެ ހުއްދަ އެތަކެތި ބޭނުން ކުރުމުގެ
ކުރީން ވަނީ ހޯދާފައެވެ. މަތިއުތުރު ޞަރަޙައްދަށް އެކަނި ބެލިޔަސް ކުރިއަށް އޮތް
އެއް އަހަރު ދުވަހަށް ބޭނުން ވާނެ ކައްކާ ތެޔޮ ގިނަ ގޭބިސީ ތަކުގައި ރައްކާ
ކޮށްފައި ހުންނާނެކަމަށް ޤަބޫލުކުރެއެވެ. އަދި ތަކެތީގެ އަގު އުފުލެމުން ދާ
މިދުވަސްވަރުގައި އިސްރާފްނުކުރުމަށާއި އިޤްތިޞާދު ކުރުމަށް ރައްޔިތުން ވިސްނަމުން
ދާކަމީ ޔަޤީންވާ ކަމެކެވެ.
ކުރުކޮށް ބުނެލަން އޮތީ، މިކަމުގެ ސަބަބުން، ބާޒާރުގައި
ހުރި ކައްކާ ތެޔޮލުގެ ޑިމާންޑަށް ނޭދެވޭ އަސަރުކޮށްފައިވާތީވެ، ތެޔޮ ނުވިޔޭތީވެ،
ވިޔަފާރިވެރިން ކައްކާ ތެޔޮ އަގު ހެޔޮ ކުރުން ވަރަށް ކައިރި ކަމަށެވެ. ދެން
ދަންނަވާލަން އޮތީ، ޖީ.އެސް.ޓީ ނުނަގާ މުދަލުގެ ފޭސް ވެލިއު ނުވަތަ "ލޭބަލް އަގު"
ގެ ތެރެއަށް ޖީ.އެސް.ޓީ ނިޞްބަތަށް ވާ ޢަދަދަށް ވުރެން ބޮޑަށްވެސް އަގު ބޮޑުކޮށް އަގުގެ
ގޮތުގައި ޖީ.އެސް.ޓީ ނަގަމުން ދާކަމެވެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.