Search This Blog

Friday, February 17, 2012

ތާރީޙްގެ ތެރެއިން 16 ވަނަ ޤަރުނުގައި ޔޫރަޕްގެ ސްޕެއިން ދުނިޔޭގެ ބޮޑު ބާރަކަށްވުން. (ފުރަތަމަ ބައި)

ެމެޑުރިޑަކީ ސްޕެއިންގެ ވެރިކަން ކުރާ ރަށެވެ.

16 ވަނަ ޤަރުނުގައި ޔޫރަޕްގެ ސްޕެއިން ދުނިޔޭގެ އެންމެ ބޮޑުބާރަކަށްވީ، ސްޕްއިންގެ އަސްކަރިއްޔާއިން މުސްލިން ޤައުމެއް ކަމަށްވާ ގްރެނާޑާ 1492 ވަނަ އަހަރު އިސްތިޢުމާރު ކުރުމުންނެވެ. މިކާމިޔާބީގެ ސިއްރަކީ އެ ދުވަސްވަރުގެ ސްޕެއިންގެ ރަސްގެފާނު ފާޑިނަންޑް އަދި ރާނީ އިސަބެލާ ގެ ކުޅަދާނަ ހަނގުރާމައިގެ ހެވިކަމުގެ އުކުޅުތަކެވެ.  
16 ވަނަ ޤަރުނު ވެގެންދިޔަކީ ސްޕެއިންނަށް އެތައް ގޮތަކުން ކާމިޔާބު ޤަރުނަކަށެވެ. މިގޮތުން، ސްޕެއިންގެ ރަސްގެފާނު ފާޑިނަންޑް އަދި ރާނީ އިސަބެލާ ގެ މަސައްކަތުން އިތުރު ބިމެއް ހޯދުނެވެ. މިބިމުގެ އެކި އެކި މަޢުދަނާއި މުއްސަނދި ޙަޒާނާތަކުގެ ސަބަބުން ދިގު އަހަރުތަކަކަށް ސްޕެއިންގެ އިޤްތިޞާދު ހަރުދަނާ ވެގެން ދިޔައެވެ. އަދި އެދުވަސްވަރު އެޓްލާންޓިކް ސަރަޙައްދުތަކަށް ކުރެވުނު ތަފާތު ދަތުރު ތަކުގެ ސަބަބުން ބޭރުޤައުމުތަކާއި ސްޕެއިންގެ ގުޅުން ބަދަހިވެ، ސްޕްއިންގެ އެމްޕަޔަރ އިތުރަށް ފެތުރިގެން ދިއުމުގެ މަގު ތަނަވަސް ވެގެން ދިޔައެވެ. މިހެންކަމުން، ރަނާއި ރިހިން ފުރިގެންވާ ބިންތަކުގެ ސަބަބުން، ސްޕެއިން އެދުވަސްވަރު ހަމައެކަނި މަޝްހޫރުވީ އިޓަލީގެ ކުލިވަރުތަކުގެ ރޮނގުން ނެއް ނޫނެވެ. ވިލާތުގެ އެހެން ޤައުމުތަކާއި އެކި ގޮތްގޮތުން ފައިތިލަ ސާބިތުކުރެވޭ ޤައުމަކަށްވެ، ވިލާތުގެ ބޮޑު ބާރެއްގެ ގޮތުގައި އެހެން ޤައުމުތަކުން ސްޕެއިން ބަލާ ގަތެވެ.

ރަސްކަލު ފާޑިނަންޑް އަދި ރާނީ އިސަބެލާގެ ދުވަސްވަރު، އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވީ ސްޕެއިން އެމްޕަޔަރ ގެ ހައިބަތު މަކެއާވިލައިން ގެ ގޮތްތައް ކަމަށްވާ، އަސްކަރީއާއި، މާލީއްޔަތާއި، ކަނޑުދަތުރުފަތުރާއި، ޙާރިޒީ ގުޅުން ފަދަ ގޮތްތައް ބޭނުން ކޮށްގެން، ބޮޑު ކުރުމަށެވެ. ކަނޑުދަތުރުފަތުރުގެ ކުރިއެރުންތަކާއި އެކު ވިލާތުގެ އެއްބައިގައި ސްޕެއިން އެދުވަސް ވަރު ވެރިކަން ކުރިއެވެ. އަދި ސްޕެއިން ބޭނުންވީ ވިލާތުގެ ސިޔާސަތުގައި އެންމެ ކުރީ ހަރުފަތުގައި އަބަދުވެސް ހުންނާށެވެ.
ރަސްކަލު ފާޑިނަންޑް އަދި ރާނީ އިސަބެލާގެ ކާފަ އަދި މާމަ ދަރިފުޅު ޗާލްސް ސްޕެއިންގެ ވެރިކަމާ ޙަވާލުވިއިރު، ސްޕެއިން އިން ބޭރުގައިވާ ވަރަށް ގިނަ ޞަރަޙައްދު ތައް ސްޕްއިން އަށް ލިބުނެވެ. ޗާލްސް ބަލާބޮޑު ކުރީ މެކްސްމިލިއަން ކިޔާ އޮސްޓްރިއާގެ ފާދިރީއެކެވެ. އަދި އެއީ ހޮލީ ރޯމަން އެމްޕެރާ އެވެ. މިއީ ހަބްސްބާރގް ޢާއިލާގެ ދަރިކޮޅެވެ. އެދުވަސްވަރާއި ހަމައަށް ރޯމުގެ ވެރިޔާގެ ލަޤަބު ގެންގުޅުއްވީ ފަރަންސޭސިވިލާތުގެ ރަސްކަލު ޕްރާންސިސް 1 އެވެ. ނަމަވެސް މިލާދީ ސަނަތުން 1520 ވަނަ އަހަރު އިންތިހާބަކުން މި ލަޤަބު ދެވުނީ ޗާލްސް 5 އަށެވެ. ޗާލްސްގެ ބައްޕަ ނިޔާވުމާއި ގުޅިގެން، ނެދަރލޭންޑް ޗާލްސް އަށް ލިބުނެވެ. އިޓަލީގެ ނަޕްލްސް އަކީވެސް ޗާލްސްގެ އަތްދަށުގައިވާ ތަނެކެވެ. ތެދުތެދައް ބުނަންޔާ ވިލާތުގެ ދެބައިކުޅަ އެއްބައިގައި ޗާލްސް ވެރިކަން ކުރިއެވެ. (ނުނިމޭ)


ދަށު ނޯޓް:
މަކެއާވިލިއިން:
އަޞްލު ނަކަމީ ނިކޯލޯ މަކެއާވިލިއިން އެވެ. މިއީ އިޓަލީވިލާތުގެ ފަލްސަފާވެރިއެވެ. ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 03 މެއި 1469 ގައި. ނިޔާވެވަޑައިގަތީ 21 ޖޫން 1527 ގައި. ވެރިކަން ކުރާއިރު ގެންގުޅޭ ގޮތްތަކާއި ސަރުކާރު ހިންގުމާއި މިފަދަ އެތައް ސިޔާސީ މަޢުލޫތަކަށް ވާހަކަދައްކާފައިވޭ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.