Search This Blog

Tuesday, February 21, 2012

ތާރީޙްގެ ތެރެއިން 16 ވަނަ ޤަރުނުގައި ޔޫރަޕްގެ ސްޕެއިން ދުނިޔޭގެ ބޮޑު ބާރަކަށްވުން. (ދެވަނަ ބައި)


ވެރިކަމަށް އައުމާއި ގުޅިގެން ޗާލްސް އަށް ދިމާވި ދަތިތައް (ގޮށްޖެހުންތައް)
El Museu de les Ciències Príncipe Felipe – a huge museum, with an area of 40,000 sqm.
ޗާލްސް ގެ އަތްދަށުގައިވާ ބިންތައް ވަނީ އެކި ބައިބަޔަށް ބެހިފައެވެ. އަދި ފަރަންސޭސި ވިލާތާއި ޕަލްޕަލް ގެ އަވަށްތަކުން މި ބިންތައް ވަކިވަކި ބިންތަކެއް ގޮތުގައި ބެލެވެއެވެ. އެހެންކަމުން ޗާލްސް ގެ ދަޢުލަތް ވެފައިވަނީ ވިރާސީ ދަޢުލަތަކަށެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުންތެރިކަމަށް ވަނީ ބުރޫއަރާފައެވެ. ވެރިކަން ކުރާ ފަރާތަށް އެކުވެރި ދަޢުލަތެއްގެ ވެރިކަން ކުރެވޭނެ ނިޒާމެއް ނުވަތަ މާޙައުލެއް އެ އިރަކު ޤާއިމް ވެފައި އެއް ނުވެއެވެ. ޗާލްސް ވެރިކަން ކުރަމުން އައި ދަޢުލަތަކީ އާބާދީގެ ގޮތުން ތަފާތު ނަޞްލުތަކަށާއި، ބަހަށާއި، އާދަކާދައާއި ތަޤާފަތުގެގޮތުން ތަފާތުތަކެއް ހުރި، ބެހިފައިވާ ދަޢުލަތެކެވެ. ނަތީޖާއަކަށްވީ، ވެރިކަންކުރަމުން އައި ޗާލްސް އަށް އެކިފަހަރުމަތިން ތަފާތު މަސައްކަތްތައް (ރޯލްތައް) ތަފާތު ތަންތަނުގައި ކުރަން ޖެހުމެވެ.

އެދުވަސްވަރު ޗާލްސްގެ ވެރިކަމުގެ ކޮއިލު ފަރަންސޭސިވިލާތުގެ ބޯރަޑާއި ހަމައަށް ފޯރައެވެ. އެހެންކަމުން، އެ ދަޢުލަތުގެ ފަރުދުންނަށް ބަލައިގަންނަށް ދަތިކަމަށްވީ، ޗާލްސް އާއި ފަރަންސޭސިވިލާތާއި ދެމެދު އުފެދިފައިވާ ބަދަހި ގުލުމެވެ. ރަސްކަލު ފްރާންސިސް 1 ވެސް ފެއިލްވީ މި ސަބަބާ ހުރެއެވެ. މީގެ އިތުރުން ރަސްކަލު ފްރާންސިސް 1 މިލާނު އާއި ނަވޭރީ އަށް އަތްގަދަ ކޮށް ނެދަރލެންޑުގެ މުއްސަނދި އަވަށްތަކަށް ފަރަންސޭސިވިލާތުގެ ބާރު ފޯރުވުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކޮށްފައި ވެއެވެ.
އޮޓޯމަން ތުރުކީން، އެބައިމީހުންގެ ވެރިކަމުގެ ކޮއިލު ޑަނުބެ އާއި ހަމައަށް ގެނެސް ޗާލްސް ގެ ދަޢުލަތުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ހުރި ބޮޑު ހުރަހެއް ކަމަށް ޗާލްސް އަށް ދެއްކިއެވެ.
އިޓަލީވިލާތާއި ސްޕެއިންގެ އަސްކަރީ ސަރަޙައްދުގެ މުއްސަނދިކަން ހޯދުމަށްޓަކައި މޫރިޝް ކަނޑުފޭރޭމީހުން، އެތަންތަނުގެ އައްސޭރިފަށުގެ ބޭނުން ކުރަން ފެށުނެވެ.  މިހާ ހިސާބުން އެއް މައްސަލައަކަށްފަހު އަނެއް މައްސަލައެއް ޗާލްސް އަށް ކުރިމަތިވެ، ޗާލްސްގެ ދަޢުލަތުގެ އަމާން އޮމާންކަން ގެއްލިގެން ހިގައްޖެއެވެ. ކޮންމެ ގޮތަކަށް މިކަން މިހެން ހުއްޓަސް ބުނެވޭނީ ޗާލްސް އަކީ ވެރިކަން ކުރުމުގައި ޤާބިލް ބޭފުޅެކެވެ.
ޗާލްސް އާއި ފަރަންސޭސިވިލާތާއި ދެމެދު އުފެދުނު ޒުވާބު:
ފަރަންސޭސިވިޅާތުގެ ރަސްގެފާނު ފްރާންސިސް 1، މާގްނާނޯ ހަނގުރާމައިގައި ލިބުނު ކާމިޔާބަށްފަހު އިޓަލީވިލާތުގެ މިލާން އޭނާގެ އަތްދަށަށް 1515 ވަނައަހަރު ގެނަކަން ހަނދާނަށް ގެނައުން މުހިއްމެވެ. ޗާލްސް އަށް ވެރިކަން ލިބުމާއި ގުޅިގެން މިލާން ވެގެން ދިޔައީ ރޯމަން އެމްޕަޔަރުގެ ހިޔަނީގެ ދަށުގައިވާ ރަށަކަށެވެ. އަދި މިކަމާއި ގުޅިގެން ދެ ރަސްކަލުންގެ ދެމެދުގައި ޒުވާބެއް އުފެދުނެވެ. އަދި 1522 ވަނަ އަހަރު ވަރުގަދަ ހަނގުރާމަ އެއް ދެ ރަސްކަލުންގެ ދެމެދުގައި ކުރެވެން ފެށުނެވެ. ޕޯޕް އަދި ހެންރީ 8 (އަށެއް) ވަނަ ގެ އެހީތެރިކަމަށް ޗާލްސް އެދުމުން، އެބައިމީހުންވެސް ޗާލްސް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވިއެވެ. މިހެން ކަމުން، ޗާލްސްގެ ބައި ވަރުގަދަވެ، މިލާނުން ފަރަންސޭސިވިޅާތުގެ ބައިގަޑު ބޭރުކޮށް ފަރަންސޭސިވިލާތަށް ފޮނުވާލެވުނެވެ.
ނަމަވެސް، މިކަމުގެ ބަދަލު ހިފުމެއްގެ ގޮތުން ދާދި އަވަހަށް، ފެބްރުއަރީ 1525 ގައި މިލާނު އަލުން އަބުރާ ހޯދުމުގެ މަސައްކަތް ފަރަންސޭސިން ކުރަން ފެށިއެވެ. މިހެން ކަމުން ދެން ކުރެވުނު ހަނގުރާމަ ވެގެން ދިޔައީ ވަރަށްވެސް ތާރީޙީ ހަނގުރާމައަކަށެވެ. އެއީ ޕާވިއާ ހަނގުރާމަގެ ނަމުން މަޝްހޫރުވި ހަނގުރާމައެކެވެ.
8 (އަށެއް) ހާސް ފަރަންސޭސި ސިފައިން މިހަނގުރާމައިގައި މަރާލައި ފަރަންސޭސި ރަސްގެފާނު ދުޝްމަނުންގެ އަތްދަށަށް ގެނެވުނެވެ. ރަސްގެފާނު ޕްރާންސިސް 1 ގެންދެވުނީ ސްޕެއިން އަށެވެ. އަދި 1526 ވަނައަހަރު "މެޑްރިޑް ގެ އެއްބަސްވުން" ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރާންސިސްއަށް މަޖްބޫރުކުރެވުނެވެ. މިއެއްބަސްވުން ބުނާ ގޮތުން ނަމަ، ބާރގަންޑީ، ނެދަރލޭންޑް، ނަވާރީ އަދި އިޓަލީ ވިލާތަކީ މިނިވަން ތަންތަން ކަމަށް ހަދަން ފްރާންސިސް އަށް މަޖްބޫރު ވެއެވެ.   


ދަށު ނޯޓް 2
ޕަލްޕަލް ދަޢުލަތް: ފައްލިތަކުގެ ބިންތައް: އެދުވަސްވަރު ޕޯޕް ގެ ވެރިކަން ކުރަމުން އައި ބިންތައް.
ދަށު ނޯޓް 3
މިލާން: އެއީ ގާތްގަޑަކަށް 1315000 މީހުން ދިރިއުޅޭ އިޓަލީވިލާތުގެ ރަށެކެވެ.
ދަށު ނޯޓް 4
ނަވާރީ/ ނަވޭރީ: އުތުރު ސްޕްއިން ގައިވާ ސަރަޙައްދަކަށް ކިޔާ ނަމެއް
ދަށު ނޯޓް 5
ޑަނުބެ: ވޮލްގާ ކޯރަށް ފަހު ވިލާތުގައިވާ ދެވަނައަށް އެންމެ ދިގު ކޯރު. މިއީ އެއް ޤައުމުން އަނެއް ޤައުމަށް ކަނޑުދަތުރު ފަތުރު ކުރުމަށް ބޭނުން ކުރަމުން އައި ކޯރެއް
ދަށު ނޯޓް 6
މޫރިޝް ކަނޑުފޭރޭމީހުން: މޫރީޝް ކަނޑުފޭރޭ މީހުންނަކީ ޙާއްޞަކޮށް މެޑެޓެރޭނިއަން ކަނޑުގައި ފޭރުމުގެ ޙަރާކާތް ގެންގުޅޭ ބަރުބަރު، އަރަބިކަރާ، ނުވަތަ ކަޅު ނަޞްލުގެ އެޕްރިކާ އަށް ނިޞްބަތްވާ މީހުން.
ދަށު ނޯޓް 7
މާގްނާނޯ: އިޓަލީވިލާތުގެ ސަރަޙައްދެއް ކަމަށްވާ ޕެޑިމަންޓްގެ ބެއިލާ ފޮރޮވިންސްގައި މީހުން ދިރިއުޅޭ ވަކި ކޮލިނީ އެއް.
ދަށު ނޯޓް 8
ޕާވިއާ: މިތަނަށް ކިޔާ އެންމެ ޤަދީމީ ނަމަކީ ޓިސިނަމް. މިއީ 35 ކިލޯމީޓަރު މިލާނާ ދެކުނުން، އުތުރު އިޓަލީވިލާތުގައި ލޮމްބާރޑީ ކިޔާ ސަރަޙައްދެއްގައި މީހުން ދިރިއުޅޭ ކޮލިނީއެއް.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.