Search This Blog

Friday, April 20, 2012

އެމް.ޑީ.ޕީ ގެ "ފްލޭގް މެން" ދިވެހި ތާރީޙުގެ ތެރެއަށް


Flag Man in Background Vicinity
ނަމެއް ނޭނގެއެވެ. ނަމަވެސް އަދިވެސް ފެނުނީމަ އެނގޭނެއެވެ. އޭނާގެ ހަނދާން އަހަރެންގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެއީ އޭނާއަށް ލިބިފައިވާ އާދަޔާއި ޚިލާފު ހިތްވަރުގެ ސަބަބުންނެވެ. ބުނެވޭގޮތުގައި ބޮޑުކަންނެލި މަސްވެރިއެކެވެ. ޔަޤީންވާކަމަކީ މެދުޢުމުރުގެ ހީވާޤި ފިރިހެނެއް ކަމެވެ.
07 ފެބުރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް ބަލައިގަންނަ ދަތިވުމާއި އަދި ފިކުރަކީ އެމް.ޑީ.ޕީ ފިކުރަށް ވުމުން، ރާޅުގަނޑު ޞަރަޙައްދުގެ ގިނަ އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިވެވުނެވެ.  މި ބައިވެރިވުންތަކުން އަހަރެން އެންމެ ބޮޑަށް އަޅައިގަތީ ސްޓޭޖްގެ ދެކުނުގައި ކޮންމެ ރެއަކުވެސް ރަސްމީ ޖަލްސާތައް ފެށުނީންސުރެން ޖަލްސާ ރަސްމީކޮން ނިމުނުކަން އިޢުލާނު ކުރަންދެން ހީވާގިކަމާއި އެކު ވަރުބަލިކަމެއް، ފޫހިކަމެއް ނެތި "އެމް.ޑީ.ޕީގެ ދިދަ ވަޔާއެކު ވިހުރަމުން ގެންދިޔަ" މި ދެންނެވި މެދު އުމުރު ފުރާގެ ފިރިހެނާގެ ހަރަކާތްތަކާއިއެވެ. ބައެއް ފަހަރު ސިގިރެޓް ބޮމުން، ފެން ބޮމުން ނޫނީ ކަމުން ހުއްޓުމެއް ނެތި ދިދަ ވިހުރުވައެވެ. ނުހަނު ޖޯޝާއި ފޯރިއާއިއެކުއެވެ. އެއްވެތިބޭ އެންމެންގެ ޖޯޝާއި ފޯރި ޢާލާކުރަމުންނެވެ.  އޭނާގެ މޫނުމަތިން ކޮންމެ ރެއަކުވެސް ފެނިގެންދަނީ އުއްމީދު އާލާވާމަންޒަރެވެ. ބައެއް ފަހަރު ސީރިއަސް ކަމާއި އެހެން ބަޔަކު ދެކެ އަންނަ ރުޅިއާއި ނަފުރަތެވެ.  
މިހެންކަމުން، ހިތަށް ކުޅަ އަސަރަކުން، އޭނާއާއި ވާހަކަދައްކާލަން ހިތަށް އެރިއެވެ. ރަށްޓެއްސަކާއި އެކު އޭނާ ކައިރިއަށް އެއްރޭ ޖަލްސާ ނިމެންދަނިކޮށް ގާތްގަޑަކަށް މެންދަމު 2 ޖަހަނިކޮށް ކައިރިކޮށްލީމެވެ. އަދި އަހާލީމެވެ. "ބޭބޭ ކިހިނެއް ހެއްޔެވެ؟"  ފްލެގް މޭން ދިން ޖަވާބަކީ ކުރި ސުވާލަށް ދިން ޖަވާބަށް ނުވިއަސް އެޖަވާބަކީ ހިތުގެ ޝުޢޫރުތަކާއި ކުޅެލި ޖަވާބެކެވެ.ފްލޭގް މޭން ބުންޏެވެ. "ކޮއްކޮ މެނޭ މިހެން އެއްގޮތަކަށްވެސް ތިބެވޭކަށެއް ނެތް. އެމީހުން ބާލަން ވަރަށް މަސައްކަތްކުރަންޖެހޭނެ. ހިތްވަރު ކުރަންޖެހޭނެ."
ކޮންމެއަކަސް އެއްރޭ ފްލޭގް މޭން އަތަށް މީހަކު، 1500 (ވަރަކަށް ރުފިޔާހެން ހީވަނީ) ދިއްކޮލި މަންޒަރު ފެނުނެވެ. އޭނާގެ އާދަޔާ ޚިޔާފު އެ ހަރަކާތްތަކަށް މީހަކު ކުރި ހަދިޔާއަކަށް އެފައިސާ ވެދާނެއެވެ. ދެން އުފެދޭ ސުވާލަކީ އޭނާ ދިދަ ވިހުރުވަނީ އެއީ ބަޔަކު އުޖޫރުއަށް ކުރުވާ ކަމެއްހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އުޖޫރުއަށް އެކަން ކުރިއަސް އެއީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ރެއަކު ހުއްޓުމެއް ނެތި ބަރާބަރު 6 ގަޑި އިރު ދިދަ ވިހުރުވަނީއެވެ. ދެމަސް ދުވަސް ފާއިތުވެގެން ދިޔައީއެވެ.
ސީދާ އެމް.ޑީ.ޕީ ގެ މަގުމަތީގެ ހަރަކާތްތަކުންވެސް ފަހަކަށް އައިސް "ފްލޭގް މެން" ކުރީސަފުން ފެންނަމުން ދެއެވެ. އޭނާއާއި އެކު ވޭތުވެ ފިޔަ ދެމަހެއްހާ ދުވަހު އެންމެ ކައިރިން އޭނާގެ ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ވެފައިވަނީ ރަންރީނދޫ ކުލައިން ޖަރީކޮށްފައިވާ އެމް.ޑީ.ޕީ ގެ ދިދަ ކަން ކަށަވަރެވެ.
މިއަދު އެމް.ޑީ.ޕީ މެމްބަރުންގެ ލޯތްބާއި ކުލުނު ވަނީ "ފްލޭގް މޭން" މިލްކުކޮށްފައެވެ. "ފްލޭގް މޭން" އެއީ ޝަހުޝިއްޔަތެކެވެ. ދިވެހި ޤައުމު ގެ ޝަހުޝިއްޔަތެކެވެ. އޭނާ ކުރަމުން އެދަނީ އާދަޔާ ޚިލާފު ކަމެކެވެ. ވީމާ، ދިވެހި ތާރީޚްގެ ތެރެއަށް "ފްލޭގް މޭން" އާއި އޭނާގެ ޙަރަކާތްތައް ނުވަންނާނެ އެއްވެސް ގޮތެއް ނެތެވެ. މިއަދު އޭނާ އެންމެ ބޮޑަށް ދިވެހީންގެ ތެރޭގައި ފާހަގަވަނީ "ފްލޭގް މޭން" ގެ ގޮތުގައި އެވެ. އެއީ ހަމަ ދިވެހިންގެ "ފްލޭގް މޭން" އެވެ.



No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.